ދެންނެވުން
ނަންބަރު: (IUL)308/2019/29
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 09:08
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެކުޑަ ކުލި ކަނޑައެޅުމާގުޅޭ

ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2018R-69/ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ލޭންޑް ވެލުއޭޝަން ކޮމެޓީން ކަނޑައަޅައި 2019 ޖުލައި 24 ވަނަ ދުވަހުވަނީ ޢާންމުކޮށް އިޢުލާން ކޮށްފައެވެ. ރ. މަޑުއްވަރީން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 0.60 (ފަސްދޮޅަސް ލާރި) ކަމަށް މިދެންނެވި އިޢުލާނުގައިވަނީ ހިމަނުއްވާފައެވެ.

މިކައުންސިލުން މިހާރު ދޫކޮށްފައިވާ ވަގުތީ ކުލީ ބިންތަކުގެ ތެރެއިން 0.60 (ފަސްދޮޅަސް ލާރި)އަށްވުރެ ކުޑަ އަގުގައި ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އަލުން އައުކޮށް ދެވޭނީ ނުވަތަ އައު ބިމެއް ކުއްޔަށް ދޫކުރެވޭނީ އެންމެ ކުޑަމިނުން 0.60 (ފަސްދޮޅަސް ލާރި) ގެ ރޭޓުންނެވެ. އަދި ދިގުމުއްދަތަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 0.60 (ފަސްދޮޅަސް ލާރި) އަށްވުރެ ކުޑަ އަގުގައި ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމު ކުލި މުރާޖާކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 އޮގަސްޓް 2019