ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމް ތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ބައުޒަރ އެސިސްޓެންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ – ހުޅުމާލެ ޕަމްޕް ސްޓޭޝަން |
ބޭނުންވާ ޢަދަދު: |
02 |
މަސައްކަތުގެ ބާވަތް: |
- އުޅަނދުފަހަރަށް ތެޔޮ އެޅުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން. - ޕަމްޕް ހައުސް އޮޕަރޭޓް ކުރުން އަދި ބެލެހެއްޓުން. |
ޝަރުތުތައް: |
- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭމީހަކު ކަމުގައިވުން. |
މަހު މުސާރަ: |
/- 7،000ރ އާއި -/ 8،000ރ އާއި ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ސޭލްސް އެންޑް މާކެޓިންގ – ހުޅުމާލެ |
މަޤާމް: |
ސޭލްސް އެސިސްޓަންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ - ހުޅުމާލެ |
ބޭނުންވާ ޢަދަދު: |
04 |
މަސައްކަތުގެ ބާވަތް: |
- ކަސްޓަމަރުންނާ މުޢާމަލާތްކުރުން - ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުން |
ޝަރުތުތައް: |
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަހު މުސާރަ: |
-/8،000 ރ އާއި /-9،000 ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ސޭލްސް އެންޑް މާކެޓިންގ - ހުޅުމާލެ |
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 22 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އާއި އެކު އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީހުންކަން ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.