ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ މާސްޓަރ ޕްލޭން އެކުލަވާލުން:
ތިނަދޫގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް މާސްޓަރ ޕްލޭނުގެ ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| މަޢުލޫމާތު ސާފްކުރުން | 22 އޯގަސްޓް 2019 | ބުރާސްފަތި | 11:00 (ހެދުނު) | ގދ. ތިނަދޫ ކައުންސިލްގެ އިދާރާ | 
| އަންދާސީ ހިސާބު ހުށަހެޅުން | 29 އޮގަސްޓް 2019 | ބުރާސްފަތި | 11:00 (ހެދުނު) | ގދ. ތިނަދޫ ކައުންސިލްގެ އިދާރާ | 
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.