ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS-134/I/2019/12
ވަޒީފާގެ ފުރުޞަތު
މިސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: މަސައްކަތު
މަޤާމުގެ ނަމްބަރ: J-310438
ބޭނުންވާ އަދަދު: 1 (އެކެއް)
ގިންތި: ދާއިމީ
މަޤާމުގެ ރޭންކު: އެސްއެސް 1
ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ސެކްޝަން: އެޑްމިން
ވަޒީފާ އޮތް އޮފީސް: ކުޑަރިކިލު ސްކޫލް / ބ. ކުޑަރިކިލު
ވަޒީފާ އަދާކުރާތަނާއި ރަށް: ކުޑަރިކިލު ސްކޫލް / ބ. ކުޑަރިކިލު
މުސާރާ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
އެހެނިހެން އެލަވަންސް: ސަޕޯޓިންގ ކޯ އެލަވަންސް – މަހަކު -/1200 ރުފިޔާ
އިތުރު އިނާޔަތްތައް:
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ ޝަރުތު
ލިޔަން ކިޔަން އެނގުން
ނޯޓް: ލިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ސްކޫލްގޯތިތެރެ އަދި ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން.
2. ސްކޫލު އިމާރާތްތަކުގެ ކުޑަދޮރުފަތްތަކުގެ ބިއްލޫރުތައް، ފަންކާތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން.
3. ސްކޫލު އިމާރާތްތަކުގެ ފަރުނީޗަރުތައް ކޮންމެ ދުވަހަކު ސާފުކުރުން.
4. ކޮންމެ ދުވަހަކު ދަންފަޅި ނިމުމުން ހުރިހާ ކްލާސްރޫމްތަކުގެ ގޮޑި، މޭޒު ޑެސްކް ސާފުކޮށް ކްލާސްރޫމް މޮޕްއަޅާ ސާފުކުރުން.
5. ސްކޫލް ގޯތިތެރޭގައިވާ ގަސްތައް ކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
6. އޮފީހުން އަންގާ ގޮތެއްގެ މަތިން ސިޓީ/ މެސެޖް ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.
7. ގުރޭޑް 3ން ފެށިގެން ދަށުގެ ކްލާސްތަކުގެ ކުދިން ފާހަނާއަށް ގެންގޮސް ހެދުން.
8. ސްކޫލަށް ގެންނަ މުދާ ފަދަ ތަކެތި ރައްކާތެރިކަމާއިއެކު ގެނެސް ބަހައްޓަން ޖެހޭ ތަނެއްގައި ބެހެއްޓުން.
9. ޖަލްސާ / ބައްދަލުވުންތަކަށް ހޯލުތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
10. ޖަލްސާ / ބައްދަލުވުންތަކުގެ ލިޔެކިޔުން ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.
11. ސްކޫލުން ޙަވާލުކުރާ ފައިސާ ރައްކާތެރިކަމާއި އެކު ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށްދިނުން.
12. ސްކޫލުގެ ބަގީޗާއާއި ގަސްތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެކަމާ ޙަވާލުވެ ހުންނަވެރިޔަކު އަންގަވާ ގޮތެއްގެ މަތީން ކުރުން.
13. ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުން
14. ސްކޫލްގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުންކުރާ ޝަވަރު އިސްކުރުފަދަތަކެތި ފަރުވާތެރިކަމާ އެކު ކޮންމެ ދުވަހަކު ރަގަޅަށް ސާފުކުރުން.
ހުށައަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން އަދި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްކާއި ޓްރާންސްކަރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
1 ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
2 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
3 މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށަފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި
މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން
ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
މަޤާމަށް އެދެންވީ ގޮތުގެ ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމް ކުޑަރިކިލު ސްކޫލް އޮފީހުން ލިބެންހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަން ޖެހޭތަކެތި ހުށައަޅާނީ 2019 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ކުޑަރިކިލު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށް ހުށައެޅިދާނެއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ސެޕްޓެމްބަރ 01 ވާ އާދިއްތަ ދުވަހާ 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހާއި ދެމެދުގެ ތާރީޚެއްގައި ކުޑަރިކިލު ސްކޫލުގައެވެ. އިންޓަރވިއު އޮންނާނެ ގަޑި ފަހުން އެންގޭނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ޝޯޓް ލިސްޓް ކުރުން :
މި ވަޒީފާއަށް އެދި ހުށައަޅާ ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންކަން:
1 – ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
2 – މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
3 – މަސައްކަތުގެ ހުނަރާއި،ފެންވަރާއި ޤާބިލްކަމާއި ސިފަތަށް
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35
އިތުރު މަޢުލޫމާތް :
މި އިއުލާނާއި ގުޅިގެން މައުލޫމާތް ސާފްކުރުމަށް ގުޅުއްވާނީ 6600019 ފޯނާ އެވެ. އަދި އީ- މެއިލް ކުރަށްވާނީ ކުޑަރިކިލު ސްކޫލްގެ އީ- މެއިލް [email protected] އެޑްރެހަށެވެ.
17 ޛުލްޙިއްޖާ 1440
18 އޮގަސްޓް 2019
އަޙްމަދު ފިރާޤް
ޕްރިންސިޕަލް