ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިޢުލާން
ބީސީސީ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލުން
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިއީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެކެވެ. މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިކަމާއި ބެހޭ އެންމެހައި މައުލޫމާތު މިއިއުލާނާއިއެކު ހިމަނާފައިވާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 3 ސެޕްޓެންބަރ 2019 ވާ އަންގާރަ ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ޕްރޮޕޯސަލް ހުށަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ
ފޯނު: 548-3010 (960)+
އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
10 އޮގަސްޓް 2019 މ