ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފްމޯލްޑިވްސް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: FAM/MD/2019/016
މީޑިޔާއަށް ދޭ މަޢުލޫމާތު
1 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 18 އޮގަސްޓް 2019 ވަނަ ދުވަހުކަމުގައިވާތީ، މި މުއްދަތު ތެރޭގައި ވަރަށް ގިނަ ސަރުކާރު ބަންދު ދުވަސްތަކެއް ހިމެނޭތީވެ، މިމުބާރާތުގައި ބައިވެރުވުމުގެ މުއްދަތު 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް މިހާރު ވަނީ އިތުރު ކުރަށްވާފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ ރަށުކައުންސިލްއިން ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ، ޓީމްތަކުން 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ތިރީގައި މިދަންނަވާ އީމެއިލް އަށް ފޮނުއްވުމަށް ދަންނަވަމެވެ. މިލިޔުމުގައި، ފުޓްބޯޅަޓީމުގެ ކަންތައްތަކުގައި މި އެސޯސިއޭޝަނުން ގުޅާނޭ ފަރާތެއްގެ ނަމާއި، މަގާމް އަދި ފޯން ނަންބަރު އެގެންއޮންނަންވާނެއެވެ.
ބައިވެރިވާން އެދި ސިޓީ އީމެއިލް ކުރަށްވާނީ: [email protected]
8 އޮގަސްޓް 2019