ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/2019/17
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 25 އޮގަސްޓް 2019 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
01 (އެކެއް) ސޭލްސް އެކްޒެކެޓިވް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ


އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ޑިއުޓީ ފްރީ ފިހާރައިގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

01 (އެކެއް) ސޭލްސް އެކްޒެކެޓިވް

 

1.  ވަޒީފާގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް މަރުހަބާ ކިޔުމާއި އެމީހުންގެ ސުވާލުތަކަށް ޖަވާބުދިނުން
  • ޕީއޯއެސް ސިސްޓަމް މެދުވެރިކޮށް ސޭލްސް ބަރާބަރަށް ރެކޯޑު ކުރުން، އަދި ސިސްޓަމަށް ގެންނަންޖެހޭ މޮޑިފިކޭޝަންތައް ހެޑް އޮފީހާއި ގުޅިގެން ގެނައުން
  • ޑެއިލީ ކޭޝް / ކާޑް ރިކޮންސިލިއޭޝަން ހެދުން، އަދި ދިމާވާ މައްސަލަތައް ހެޑްއޮފީހާއި ގުޅިގެން ހައްލުކުރުން
  • ކޮންމެ ދުވަހެއްގެ ސޭލްސް ރިޕޯޓްތައް ހެޑްއޮފީހަށް ޤަވާއިދުން ފޮނުވުން އަދި ފޮނުވާފައި ހުރިކަން ޔަގީން ކުރުން
  • ގެންނަ މުދަލުގެ އިންވެންޓްރީ / ސްޓޮކް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުން، ޝެލްފް ތަކުގައި މުދާ ބެހެއްޓުން އަދި ހުސްވާ މުދަލުގެ ސްޓޭޓަސް ހެޑް އޮފީހަށް ޤަވާއިދުން ފޮނުވުން
  • ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއިއެކު ގަޑިއަށް ފިހާރަ ހުޅުވުމާއި ލެއްޕުން / ހުޅުވާފައި އަދި ލައްޕާފައި ހުރިކަން ޔަގީން ކުރުން
  • ސޭލްސް އެސޯސިއޭޓްސްގެ މަސައްކަތްތައް މޮނިޓަރކުރުމާއި، ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވާތޯ ޔަގީން ކުރުމާއި ފިހާރަ ހިންގުމުގައި ދިމާވާ އެންމެހައި ދަތިތަކެއް ހެޑްއޮފީހާއި ގުޅިގެން ހައްލުކުރުން

 

 2.  ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ

މަތީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން އައި.ޖީ.ސީ.އެސް.އީ' އިމްތިޙާނުގައި 'އިނގިރޭސި' އަދި 'ހިސާބު' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 3.  މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

  • ދިވެހި އަދި އިނގިރޭސިބަހުން މީހުންނާ ރީތިކޮށް މުޢާމަލާތް ކުރުމާއި އެކު ރަޙްމަތްތެރިކަމުގެ ސިފަ ހުރުން

 

 4.  މުސާރަ އަދި އެހެނިހެން އިނާޔަތްތައް

  • ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ކަނޑައެޅިގެންދާނެ

 5. މަސައްކަތްކުރަން ޖެހޭ ވަގުތު

  • ޝިފްޓް ޑިއުޓީ (ހެނދުނު 6 އިން މެންދުރު 3 އަށް، މެންދުރު 3 އިން ރޭގަނޑު 12 އަށް)

 

 6.  މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  •   ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ
  •   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ
  •   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

 

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ

ފޯނު: 548-3010 (960)+                           

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏8 އޮގަސްޓް 2019 މ

 

 

08 އޮގަސްޓް 2019