ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)222-AH/INDIV/2019/48
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 26 އޮގަސްޓް 2019 13:30
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މިޑިޕާޓްމަންޓުން ކުރިން ނަންބަރު IUL)222-AH/INDIV/2019/1 ބާޠިލްކޮށް އަލުން މިމަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-223532

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް

ކޯޕަރޭޓް އެފެއަރޒް ސެކްޝަން / އެޑްމިނިސްޓްރޭޝަން އެންޑް އެޗް. އާރ ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް /  މާލެ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  2. މުވައްޒަފުން ރަސްމީގަޑީގައި ބޭރަށްދާގޮތުގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ހާޟިރީއާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  4. ޑިޕާޓްމަންޓްގެ ލައިބްރަރީން ފޮތް ދޫކުރުމާއި ލައިބްރަރީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. އޮފީސް ހުޅުވާ ލައްޕާ މުވައްޒަފުން އޮފީސް ހުޅުވާ ލައްޕަންވީގޮތުގެ ޓައިމް ޓޭބަލް ހެދުމާއި ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވާ ލައްޕަމުންދާގޮތުގެ ރެކޯޑް ބެލެހެއްޓުމާއި އެ މަސައްކަތާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.
  6. ސެކްޝަނުން އިންތިޒާމްކޮށް ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  7. އިދާރީ ކަންކަމާއި ގުޅިގެން އަންނަ ލިޔެކިޔުންތަކަށް ވެރިޔެއް ނުވަތަ ކަމާގުޅޭ މުވައްޒަފެއްގެ އިރުޝާދުގެ ދަށުން، ޖަވާބު ދިނުމާއި އިދާރީ ކަންކަމުގައި ދޭންޖެހޭ ސަޕޯޓް ދިނުން.
  8. އޮފީހުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި އެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  9. ރިސެޕްޝަނުން ދެވޭ ޚިދުމަތްތައް ދިނުމުގައި އެހީތެރިވުމާއި، ޑިޕާޓްމަންޓްގެ ނެޝަނަލް މިއުޒިއަމަށް ވަންނަ ފަރާތްތަކަށް ޓިކެޓް ވިއްކުމާއި ޑިޕާޓްމަންޓުން ވިއްކާ ފޮތާއި ބްރޯޝަރ ފަދަ ތަކެތި ވިއްކައި ލިބޭ ފައިސާ ބަލައިގަތުމުގައި އެހީތެރިވުމާއި، އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާ އާއި އޭގެ ހިސާބުތައް އެކައުންޓްސް ބަލަހައްޓާ މުވައްޒަފާއި ހަވާލުކުރުން.
  10. ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރގެ މުވައްޒަފުންގެ އިތުރުގަޑި ހިސާބު ތައްޔާރު ކުރުމާއި މުވައްޒަފުންގެ ޕެންޝަނަށް ކޮންޓްރިބިއުޓް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ހުރިހާ މުވައްޒަފުން ނެރިގެން އޮފީހުން ކުރެވޭ ޚާއްސަ ބޮޑެތި މަސައްކަތްތަކަށް މުވައްޒަފުން ޙާޟިރުވާގޮތުގެ ރެކޯޑް ބެލެހެއްޓުމާއި، ޑިއުޓީ އުސޫލުން ނެރެންޖެހޭ މަސައްކަތްތަކަށް ޑިއުޓީ ޓޭބަލް ތައްޔާރުކުރުން.
  12. ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ހިންގެވުން ޙަވާލުކުރައްވާ ސިޔާސީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް ކުރުން.
  13. މުވައްޒަފުންގެ މޯޓިވޭޝަނާއި ގުޅިގެން ކުރަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  14. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓު 26 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3326796 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ، 2019 ސެޕްޓެންބަރު 01 އާއި 05 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 07 ޛުލްޙީއްޖާ 1440

08 އޮގަސްޓް 2019