ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2013/33
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 19:46
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފާރމަސީތަކުން ބޭސްވިއްކުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން

ފާރމަސީ ހިންގުމަށް ހުއްދަދެނީ، ޤާނޫނު ނަންބަރު 78/60 (އިމްޕޯޓްމުދާ ވިއްކާތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 78/75 (ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާބެހޭ ޤާނޫނޫ) ގެ ދަށުންނެވެ. ފާރމަސީއެއް ހިންގަން ފެށްޓޭނީ، އެ ފާރމަސީއަކަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރާ، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދައާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކުރައްވާ ބޭހުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އެ ފާރމަސީއަކަށް ލިބުމުންނެވެ.

 މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދާ ޚިލާފުވާ ފާރމަސީތަކުގެ ހުއްދަ އެ އޮތޯރިޓީން ބާޠިލުކުރައްވައިފިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ ފާރމަސީއަށް ދޫކޮށްފައިވާ، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ސަސްޕެންޑްވާނެއެވެ. މި ހުއްދަ ސަސްޕެންޑްވެފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ފާރމަސީން ވިޔަފާރި ހިންގުމަކީ މަނާކަމެއްކަމަށާއި، ދެން އެ ފާރމަސީއަކުން ވިޔަފާރި ހިންގޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ ފަރމަސީއަށް ހުއްދަ ދެއްވުމުންކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1434

11 އޭޕްރިލް 2013