ދެންނެވުން
ނަންބަރު: (IUL)308/2019/28
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1322
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ނަމާދު ކުރުމާއި ބެހޭ

1440 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ނަމާދު ކުރުމާއި ބެހޭ

މޫސުމް ތަންދޭނަމަ 1440 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ނަމާދު ކުރުން އޮންނާނީ ފުޓްސަލް ދަނޑާއި ހުޅަނގު އަވަށު ސްޓޭޖް ސަރަޙައްދުގައެވެ. ފުޓްސަލް ދަނޑުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ އަންހެން ބޭކަނބަލުންނަށެވެ. ފިރިހެން ބޭކަލުންނަށް ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ ސްޓޭޖް ސަރަޙައްދުގައެވެ. އަދި މޫސުމް ގޯސްނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ޢުލާގައެވެ. ޢީދު ނަމާދު ކުރުން އޮންނާނީ 2019 އޮގަސްޓް 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 7:30 ގައެވެ. އަދި ޢީދު ނަމާދު ކުރެވޭ ތަނެއްގައި ރައްޔިތު އެންމެނަށް ބައިވެރިވެވޭގޮތަށް ޢީދުސައި އިންތިޒާމް ކުރެވިފައި އޮންނާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

2019-08-08