ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2019/63
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 15 އޮގަސްޓް 2019 23:59
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގައި ފެންޖެހުމަށް ދުވަހެއް ކަނޑައެޅުން.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ އަޟްޙާ ޢީދުގައިވެސް ހޯނޑެއްދޫގައި ގިނަ ކުޅިވަރުތަކެއް ބޭއްވުމަށް މިކައުންސިލާއި ކޮމިއުނިޓީ ސެންޓަރ، ރަށުގެ މުވައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި އަދި ޒުވާނުންނާއި ގުޅިގެން މިދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވީ ޢީދުތަކުގެ ހުރިހާ ދުވަހެއްގައި ފެންޖެހުން ޢާއްމު ވެފައިވާތީ ގިނަ ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ޝަކުވާ ކޮށްފައިވެއެވެ. މި މައްސަލަ ޙައްލުކުރުމަށް މިކައުންސިލްގައި މަޝްވަރާކުރެވި މިއަހަރުގެ އަޟްޙާ ޢީދުގައި ފެންޖެހުމަށް ޚާއްސަ ދުވަހެއް ކަނޑައަޅައި އެދުވަހަކީ 2019 އޯގަސްޓް 14 ވަނަ ދުވަސް ކަމުގައި ކައުންސިލުންވަނީ ފާސްކޮށްފައެވެ.

ފާއިތުވީ އަހަރުތަކުގެ ޢީދު ދުވަހުގައި ފެންޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ އަގުބޮޑު މުދަލަށް ގެއްލުން ލިބުމާއި މީހުންނަށް ޖިސްމާނީ އަނިޔާ ލިބުންފަދަ ކަންކަން ހިނގާފައިވާތީ، މި އަޟްޙާ ޢީދުގައި ފެންޖެހުން/ފެންކުޅި ކުޅުމުގައި އެފަދަކަންކަން ތަކުރާރު ނުވާނެގޮތަކަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ދަންނަވަމެވެ.

މި ކައުންސިލުން ކަނޑައަޅާފައިވާ ދުވަސްފިޔަވައި އެހެން ދުވަސްތަކުގައި ފެންޖަހައިގެން ނުވަތަ މީހުންގެ މުދަލަށް ގެއްލުން ލިބިގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ކޮށްގެން މިކައުންސިލަށް ޝަކުވާ ހުށަހަޅައިފިނަމަ އެކަން ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިޔަށްގެންދާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

08 އޮގަސްޓް 2019