ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/46)
އިޢުލާން
2019 ވަނަ އަހަރުގެ ނޮވެންބަރު، ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ، ސީޕީއީ، ކެޓް، ޕެޓް، އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2019 ވަނަ އަހަރުގެ ނޮވެންބަރު،ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2019 އޮގަސްޓު 18 އިން ފެށިގެން 2019 ސެޕްޓެންބަރު 01 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް މިޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.
ފޯމު ހުށަހަޅުއްވާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
7 ޛުލްޙިއްޖާ 1440
08 އޮގަސްޓު 2019