ދިވެހިރާއްޖެ
ފީވަކުސްކޫލް
ފީވައް،
ދިވެހިރާއްޖެ ނަންބަރު:GS-108/MIS/2019/22
އިޢުލާން
މިސްކޫލުގެ ހޯލް ޢިމާރާތުގައި ތަށިމުށިޖެހުމާބެހޭ
މިސްކޫލުގެ ނަންބަރު: GS-108/MIS/2019/17 (09 ޖުލައި 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިސައްކަތްކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2019 އޯގަސްޓް 18 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2019 އޯގަސްޓް 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޛުލްޙިއްޖާ 1440ހ.
07 އޯގަސްޓް 2019މ.