ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2019/162
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1523
ސުންގަޑި: 25 އޮގަސްޓް 2019 1330
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ރަޖިސްޓަރޑް ނަރސް/ ސީނިއަރ ރެޖިސްޓަރޑް ނަރސް/ ކްލިނިކަލް ނަރސް

އިޢުލާން

މި މިނިސްޓްރީގެ ނަމްބަރު (IUL)459-HR/1/2019/135އިޢުލާން ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. 

މަޤާމް:

ރަޖިސްޓަރޑް ނަރސް/ ސީނިއަރ ރެޖިސްޓަރޑް ނަރސް/ ކްލިނިކަލް ނަރސް

 

މަޤާމުގެ ނަންބަރު:

J-309273

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

ނަރސިންގ ޕްރޮފެޝަނަލްސް

 

ޑިވިޜަން/ސެކްޝަން:

ފިޔަވަތި

 

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

 

މަޤާމް

ރޭންކް/ގްރޭޑް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ކްލިނިކަލް ނަރސް

CS12-3

ކްލިނިކަލް  ނާރސް، ސީ.އެސް 12-2 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/10940

CS12-2

ކްލިނިކަލް  ނާރސް، ސީ.އެސް 12-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/10660

CS12-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/10410

ސީނިއަރ ރެޖިސްޓަރޑް ނާރސް

CS10-3

ސީނިއަރ ރެޖިސްޓަރޑް ނާރސް، ސީ.އެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/10160

CS10-2

ސީނިއަރ ރެޖިސްޓަރޑް ނާރސް، ސީ.އެސް 10-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/9920

CS10-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/9670

ރެޖިސްޓްރޑް ނަރސް

CS8-3

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9360

CS8-2

ރެޖިސްޓަރޑް ނާރސް، ސީ.އެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/9210

CS8-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9060

 

 

ސަރވިސް އެލަވެންސް

ދުވަހަކަށް 120 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފިޔަވަތީގައި ތިބޭ ކުދިންގެ ސިއްޙީހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުން. އަދި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން.                                                
  • ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް ސުޕަވައިޒަރުންނާއި، ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.                                                
  • ކުދިންނަށް ދިމާވާ ސިއްޙީ މައްސަތައް ފާހަގަކޮށް އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ސުޕަވައިޒަރުން މެދުވެރިކޮށް ކުރުން.                                                
  • ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް ގަވާއިދުން ދިނުމަށް ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުން ދޭތޯ ބަލާ ޗެކްކުރުން.                                                
  • ސިއްޙީ ގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެކުދިންގެ ހާލަތު އަވަސްއަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތަކަށް ކުއްޖަކު ގޮސްފިނަމަ ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން.
  • ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކުދިން ކައިރިއަށް ޒިޔާރަތްކޮށް ޑިސްޗާޖް ކުރުމުގެ ކުރިން ހާލަތު އޮޅުން ފިލުވުން. އަދި ޑިސްޗާޖް ކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރާއި، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.                                                
  • ހޮސްޕިޓަލުން އަލަށް ފިޔަވައްޗަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.                                                
  • ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ފިޔަވަތީގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.                                                
  • ވެކްސިން ދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިން ދީ ރެކޯޑް ބެލެހެއްޓުން.                                                
  • ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް އެކުދިންގެ ފަރުވާ ކުރިއަށް ގެންދާގޮތް މޮނީޓަރކުރުން. އަދި އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުން ދިއުން.                                                
  • ކުދިން ޑޮކްޓަރަށް ދައްކަންގެންދިއުމާއި، ކުދިންގެ ބޭސް ފަރުވާ ކުރުމުގައި ދެވިފައިވާ އިރުޝާދާއިއެއްގޮތަށް ކުދިން ބަލަހއްޓާ މުވައްޒަފުން ޢަމަލުކުރަމުންދާކަން ޔަޤީންކުރުން.                                                
  • ހެލްތް އެޑިއުކޭޝަން ޕްރޮގްރާމުތައް ރާވާހިނގަން އެހީތެރިވެދިނުން.                                                
  • ޞިއްޙީ ގޮތުން ކުދިންނަށާއި ކުދިންބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން.                                                
  • މަހަކު އެއްފަހަރު ހުރިހާ ކުދިން ހެދިބޮޑުވާގޮތް (ބަރުދަން، އިސްކޮޅު) ބަލާ ރެކޯޑްކުރުން                                                
  • އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮގަސްޓް ނުވަތަ ސެޕްޓެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

 

 

 

 

 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027565 ނަންބަރު ފޯނަށެވެ.

 

 

 

6ޛުލްޙިއްޖާ 1440ހ

07 އޮގަސްޓް 2019މ

 

       


2019-08-07