މަސައްކަތް
ނަންބަރު: (IUL)240-CA/240/2019/33
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 20 އޮގަސްޓް 2019 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ ލާންޗް މަރާމާތުކުރުން

މި ކައުންސިލްގެ ލާންޗްގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

- ލާންޗްގެ ބޭރުގައި ޖެލްޖެހުމާއި، އަންޑަރކޯޑްލުމާއި، އިންޓަރޕޯލިންލުން.

- ލާންޗުގެ ބޭރު ޕޮލިސްކުރުން.

- އެނޯޑް ހަރުކުރުން.

- މިހާރު ލާންޗްގައި ހަރުކުރެވިފައިވާ ސެޓް ރަނގަޅުކުރުން.

- ލާންޗްގެ ދެފަރާތުގެ ސަތަރީގެ ޓިބުލި ބަންގިލޫޕަށް ބަދަލުކުރުން.

- ލާންޗުގެ ހުންގަނު ކޭބަލް ބެއްދުމަށް މިހާރު ކަނޑާފައިވާ ބާ ބައްދާ އިތުރު ބަލެއްކަނޑާ ކޭބަލް ވެއްދުން.

 

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 20 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 29 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

07 އޮގަސްޓް 2019