ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2019/29
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 14 އޮގަސްޓް 2019 00:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ކޮށުމާއި މަގުތަކުގައިވާ ތަކެތި ނެގުމާއި ބެހޭ

އިޢުލާން

 

މަގުތައް ކޮށުމާއި މަގުތަކުގައިވާ ތަކެތި ނެގުމާއި ބެހޭ

 

ލ.ކުނަހަންދޫގައި މީހުންދިރިއުޅޭ ސަރަޙައްދު މަގުތަކަށްއަރާ ގަސްތަށް ކޮށާ، އަދި މަގަށް އަރާ ތަކެތި ނަގާ ސާފު ކުރުމަށްބޭނުންވާތީ އެގެއެއްގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި މަގުމަތިން ނަގާ މަގު ސާފްކޮށް ބާއްވާދެއްވުން އެދެމެވެ. އަދި އަލަށް ދޫކޮށްފައިވާ ގޯތި ތަކާއި މަގުތަކުގައިވާ ރުއް ގަހުގައި ނަންބަރ ޖަހާ ދެއްވުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ހުންނަ ރުއްގަހަކީ ރައްޔިތުންގެ ރުއް ގަސް ކަމުގައި ދެންނެވީމެވެ. ނަންބަރ ނުޖަހާ ހުރުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުފުލޭނެ ކަމުގައި ދެންނެވީމެވެ. އަދި އެއް ރުކުގައި ދެ ނަންބަރެއްވާ ނަމަ އެއްވެސް ފަރާތަކަށް ބަދަލް ފައިސާ ހަވާލް ނުކުރެވޭނެ ކަމުގައި ދެންނެވިން ، އެ ފައިސާ ދޫކުރެވޭނީ އެމީހެއްގެ އެއްޗެއްކަން ކޯޓް އިން ނިންމާފައިވާ ނިންމުމެއް ގެނައުމުން ކަމުގައިވެސް ދެންނެވީމެވެ.

ވީމާ 14 އޮގަސްޓް 2019 ވަނަ ދުވަހުގެ ކުރިން މި ކަންކަން ކޮށް ނިންމަވާދެއްވުން އެދެމެވެ. އަދި ތަކެތި ނަގައިގެން ގެންދާގެންދިއުމުގައި ވާ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން އަދި ތަކެތި ނެގުމަށް ހަވާލުވާފަރާތުން އެއްވެސް ޒިއްމާއެއް ނޫފުލޭނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކާ ދެންނެވީމެވެ.

ވީމާ ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.

 

06 ޒުލްޙިއްޖާ  1440

07  އޮގަސްޓް  2019

07 އޮގަސްޓް 2019