މަސައްކަތް
ނަންބަރު: E7C-A/2019/09
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 19 އޮގަސްޓް 2019 11:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މަރާމާތުކުރުމާއި އެކޯޓަށް ބައެއް އިތުރުކުރުމާއި އަދި ޕޯޓިކޯއެއް ހެދުން.

             މިކޯޓުގެ ނަންބަރ E7C-A/2019/08 އިޢުލާނައި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިނީ އެންމެ ދެފަރާތުން ކަމުގައިވާތީ، އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

              ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެކޯޓަށް 33 ފޫޓު 20 ފޫޓުގެ ބައެއް އިތުރުކުރުމާއި ޕޯޓިކޯއެއް ހެދުމުގެ އިތުރުން ކުރިން ހުރި ޢިމާރާތް އެއްކޮށް ސީލިންގކޮށް މިހާރުތަޅުމުގައިހުރި ތަށިމުށިތައް ނައްޓުވާ އަލުން ތަށިމުށިޖެހުމާއި މިހާރު ވަށައިގެންހުރި ލަކުޑިދޮރުތައް ނައްޓުވާ އަލުން އެލްމެނިއަމް ދޮރު އަޅުވާ ކޯޓު މަރާމާތުކުރަން ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމުގެ ޝަވްޤްވެރިކަން ހުރިފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 26 އޮގަސްޓް 2019 ވާ ހޯމަ ދުވަހު 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގައެވެ.

             މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

              ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2019