ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2019/28
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 18 އޮގަސްޓް 2019 11:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ކުނި އުފުލާނެ ވަހިކަލްއެއް ހޯދުމާއި ގުޅޭ

އިޢުލާނު

މިއިދާރާއަށް ކުނި އުފުލާނެ ވަހިކަލްއެއް ހޯދުމާއި ގުޅޭ:

          މިއިދާރާގެ ނަންބަރ 405-A/2019/26 އިޢުލާން ބާތިލް ކުރުމަށްފަހު ކުނި އުފުލާނެ ވެހިކަލްއެއް ހޯދަން އިޢުލާން ކުރީމެވެ.

          ވީމާ، މިއިދާރާއަށް ކުނި އުފުލާނެ ވެހިކަލްއެއް ވިއްކަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާއިރު ބްރޭންޑް ނިއު ވެހިކަލްގެ އަގާއި، ސެކެންޑް ހޭންޑް ވެހިކަލް ވިއްކާނެ އަގު ސާފުކުރަން ބޭނުންވެއެވެ. އަދި ބިޑް ފޮތެއް ވިއްކޭނީ        

-/100 ރުފިޔާއަށެވެ.

  • މަޢުލޫމާތު ސާފުކުރުން 18 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
  • އެސްޓިމޭޓް ހުށަހެޅުން: 25 އޮގަސްޓް  2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

    މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ.

         މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ ކޮންފަރާތަކުން އައި މީހެއްކަން އެގޭނެ ލިއުމެއް އޮންނަންވާނެއެވެ.

         މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

06 ޒުލްޙިއްޖާ  1440

07 އޮގަސްޓް   2019

07 އޮގަސްޓް 2019