ނީލަން
ނަންބަރު: (IUL)233-CA/233/2019/23
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 07 ސެޕްޓެންބަރު 2019 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ލޯންޗުގައި ބޭނުންކޮށްފައިވާ ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މި އަތޮޅު އަތޮޅު ލޯންޗް "މާވަރު"ގައި ބޭނުންކޮށްފައިވާ އައުޓްބޯޑް ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ އެވެ.

މި ނީލަން ކުރިއަށްދާނީ، 2019 އޮގަސްޓް 08 އިން 2019 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، މި މުއްދަތުގައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެ އެވެ.

ދެއިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6660606 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.

ވީމާ، މި ދެ އިންޖީނު ނީލަމުން ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 އޮގަސްޓް 08 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން އަގު ހުށަހަޅުއްވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އަގުތައް، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.

މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައި.ޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، [email protected] އަށެވެ.

ބާވަތް

ޢަދަދު

ފެށޭއަގު

މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަދަދު

އައުޓްބޯޑް އިންޖީނު

މޮޑެލް: EVINRUDE,  E225DCX

ހޯސްޕަވަރ:225

2

-/30,000 ރުފިޔާ

-/1,000 ރުފިޔާ

07 އޮގަސްޓް 2019