ދެންނެވުން
ނަންބަރު: MGPL-HR/AD/2019-41
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 20 އޮގަސްޓް 2019 14:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްގޭސް އިން ގދ.ތިނަދޫއަށް ކައްކާގޭސް ފޯރުކޮށްދިނުމަށްޓަކައި ގޭސް އެޖެންޓެއް ހޯދުމަށް ކުރެވޭ އިޢުލާން.

                                                                                                                          ނަންބަރ : MGPL-HR/AD/2019-41

އިޢުލާން

މޯލްޑިވްގޭސް އިން ގދ.ތިނަދޫއަށް ކައްކާގޭސް ފޯރުކޮށްދިނުމަށްޓަކައި ގޭސް އެޖެންޓެއް ހޯދުމަށް ކުރެވޭ އިޢުލާން.

މިކުންފުނިން ކަނޑައަޅާ އަގެއްގައި ގދ.ތިނަދޫގައި ކައްކާ ގޭހުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް  ބޭނުންވެއްޖެއެވެ.

  • ގދ.ތިނަދޫއަށް ގޭސް ޑެލިވަރ ކޮށްދޭނެ ގޮތުގެ ޕްލޭން.
  • ރަށުގައި ގޭސްވިއްކާނެ ގޮތުގެ ޕްލޭން އަދި ގޭގެއަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލް.
  • އަމިއްލަ ވެހިކަލް ނުވަތަ އުޅަނދުފަހަރު ގެންގުޅުއްވާނަމަ އެކަމުގެ މަޢުލޫމާތު.

މިމަސައްކަތަށް ހުށަހެޅޭ، ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ޑެލިވަރީ / ޓްރާންސްޕޯޓް : 50 ޕޮއިންޓް

- އަމިއްލަ ވެހިކަލް / ދޯނިފަހަރު (ރަޖިސްޓްރީ ކޮޕީއާއިއެކު)

- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ޑެލިވަރީ ޙިދުމަތްދިނުމުގެ ޕްލޭން: 40 ޕޮއިންޓް

ކުންފުނީގެ މަޢުލޫމާތް: 10 ޕޮއިންޓް

- ޖީ އެސް ޓީ ސެޓްފިކެޓް، ރެޖިސްޓްރޭޝަން ކޮޕީ އަދި ކުންފުނީގެ ހިއްސާދާރުންގެ އައި.ޑީ ކާޑް ކޮޕީ.

 

މިގޮތުން ކަނޑުދަތުރު ފަތުރުކުރާ އަމިއްލަ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކަށާއި، އަދި ރަށުގައި ފަސޭހައިން ގޭގެއަށް ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތަކަށް މިކުންފުނިން ސިލިންޑަރ ރޯލިން ސްޓޮކެއް ހަމަޖައްސާ ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3005403 ނުވަތަ 9892699 ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި އީމެެއިލް މެދުވެރިކޮށް މަޢިލޫމާތެއް ސާފްކުރަން ބޭނުންވެލައްވާ ފަރާތެއްވާނަމަ [email protected], [email protected], [email protected]  މެއިލްކުރެއްވުން އެދެމެވެ.

ނޯޓް: އަންދާސީ ހިސާބު ހުށްހެޅުއްވުމަށް ވަޑައިގަންނަވާނީ މޯލްޑިވްގޭސް ހެޑްއޮފީސް (އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 2 ވަނަ ފަންގިފިލާ) ނުވަތަ މެއިލް މެދުވެރިކޮށްށެވެ. މެއިލް ފޮނުވާނީ މަތީގައި ދަންނަވާފައިވާ މެއިލްތަކަށްށެވެ.

6 އޮގަސްޓް 2019

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

06 އޮގަސްޓް 2019