މުބާރާތް
ނަންބަރު: (IUL)160-A/1/2019/40
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 20 އޮގަސްޓް 2019 23:59
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް 2019 ( މުބާރާތުގެ ޢާންމު ބައިގެ މުއްދަތު އިތުރު ކުވެރިވަފައި)

އިޢުލާން

 

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2019

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ކޮށްފައިވާ ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ އިޢުލާން ނަންބަރު(IUL)160-A/1/2019/33  ( 09 ޖުލައި 2019) އިޢުލާންގައިވާ މުބާރާތުގެ ޢާންމު ބައިގެ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 20 އޮގަސްޓް 2019 އަށް އިތުރުކޮށް އިޢުލާން ކުރިވާހަކަ ދެންނެވީމެވެ.

 

  1. 1.     މުބާރާތުގައި ހިމެނޭ ބައިތައް :

މި މުބާރާތް އޮންނާނީ ތިން ބަޔަކަށެވެ. އެއީ:

1-    ޢާންމު ބައި:   

މިބައިގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ބައި ހުޅުވާލާފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި، މަތީ ތަޢުލީމުދޭ (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ) މުއައްސަސާ  ތަކަށާއި، އިސްލާމްދީނަށް ޚިދްމަތްކުރުން އެ ފަރާތެއްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ  ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، ކްލަބުތަކާށާއި ޖަމާޢަތް ތަކަށެވެ. މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2019 އަށެވެ.

 

 

  1. 2.     މުބާރާތް ބާއްވާ ތާރީޚު

މި މުބާރާތް  ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 1 ން އެމަހުގެ 7 އަށެވެ.

 

  

  1. 3.     މުބާރާތުގެ ގޮފިތައް :
  2. 1.     ފޮތުން (ބަލައިގެން) ކިޔެވުމުގެ ގޮފި
  3. 2.     ހިތުން (ނުބަލައި) ކިޔެވުމުގެ ގޮފި

 

 

 

  1. 4.     މުބާރާތުގެ އާންމު ބައިގެ ގޮފި ތަކާއި މުޤައްރަރު

(ހ) މުބާރާތުގެ ޢާންމު ބައި: 

މިބައިގައި ހިމެނެނީ ދެ ގޮތްޕެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ.  މިއިން ކޮންމެ ގޮތްޕެއް ބެހިފައިވަނީ ތިން ބަޔަކަށެވެ.  އެއީ: 

ފޮތުން ކިޔެވުން

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

ހިތުން ކިޔެވުން

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

10 ފޮތް

2

5 ފޮތް

2

20 ފޮތް

2

10 ފޮތް

2

މުޅި ޤުރްއާން

2

20 ފޮތް

2

- މިބައިގައި ކޮންމެ މުއައްސަސާއަކުން ބައިވެރިކުރެވޭ ޢަދަދަކީ ގިނަވެގެން 12 އެވެ.

 

) މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) ސްކޫލަކުން ތަމްސީލު ކުރާނަމަ އެ ސްކޫލްގެ ކުއްޖަކަށް ވުން. އަދި ކަނޑައެޅިފައިވާ ޢުމުރު ފުރައިގައި             ބައިވެރިވުން.

(ނ) މުބާރާތުގެ ޢާންމު ބައިން ބައިވެރިކުރާ ފަރާތަކީ، ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އިޢުތިރާޟް ނުކުރާ     ފަރާތަކަށް ވުން. އަދި އެހެން ފަރާތަކުން ނަން ހުށަހަޅާފައިވާ ފަރާތަކަށް ނުވުން. 

(ރ) މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ގޮފީގެ ކޮންމެ ބައެއްގެ ތެރެއިން  ކޮންމެވެސް  އެއް ބައެއް ގައެވެ. އެއްވެސް މީހަކަށް މުބާރާތުގެ އެއްވެސް ދެ ބައެއްގައި (ދެ މުޤައްރަރެއްގައި)  ބައިވެރިއެއް ނުވެވޭނެއެވެ. 

 

  1. 5.     މުބާރާތުގައި ބައިވެރިވުން

-       މުބާރާތުގައި ބައިވެރިވެރިވުމަށް މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ބައިވެރިންގެ ލިސްޓު ފުރިހަމަ ކުރުމަށްފަހު ، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚުގެ (20 އޮގަސްޓު 2019 ވާ އަންގާރަ ދުވަހުގެ 23:59 ގެ) ކުރިން މަރްކަޒަށް ލިޔުންތައް ހުށަހަޅަންވާނެއެވެ.

-       މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާއި ލިސްޓު މަރްކަޒުގެ ވެބްސައިޓުން (www.nchq.gov.mv)ން ޑައުންލޯޑު ކުރުމަށްފަހު، މުއްދަތު ހަމަވުމުގެ ކުރިން މިމަރްކަޒަށް ހުށަހަޅަން ވާނެއެވެ.

-       މުބާރާތުގައި ބައިވެރިވި ކަމަށް ބެލެވޭނީ ކެންޑިޑޭޓުން ގަބޫލު ކުރިކަން މަރްކަޒުން އެފަރާތަށް އެންގުމުން ނުވަތަ ބައިވެރިންގެ ލިސްޓު ޢާންމު ކުރުމުންނެވެ.

-       މުބާރާތާބެހޭ ލިޔެކިއުންތައް ފޮނުވަން ޚާއްޞަ އީ މެއިލަކީ: (  [email protected]) އެވެ.

 

   6.     މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު :

މުބާރާތުގައި ބައިވެރިވުމާއި ޝަރުތުތަކާއި އިތުރު މަޢުލޫމާތު މުބާރާތުގެ ގަވާއިދުގައި ވާނެއެވެ. މި ގަވާއިދު ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

06 އޮގަސްޓް 2019