ދިވެހިރާއްޖެ
އަމިއްލަތަކެތީގައި ރަށްވެހިގޭގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން
މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއިއެއްގޮތަށް، ކ. ދިއްފުށީ ރަށްވެހިގެ މަރާމާތުކުރާނޭ ފަރާތެއް ހޯދަންބޭނުންވެގެން 29 ޖުލައި 2019 ގައި، ކުރެވިފައިވާ ނަންބަރު: (IUL)332-ADHR/332/2019/38 އާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީވެ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓުކުރެއްވުމަށްފަހު، ތިރީގައިވާ ތާރީޚުތަކަށް، އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއި ގުޅިގެންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވުމަކީ އިޚްތިޔާރީކަމެކެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެތެރޭގައި؛ ރޭނުން، ސިމެންތިޖެހުން، ފެންވައިރިންގް، ކަރަންޓުގެ މަސައްކަތްތައް އައު ބަދިގެއަކާއި ކޮޓަރިއެއް އެޓޭޗް ފާހާނާއަކާއިއެކު ފައްކާކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. ތަފުސީލު ބީލަންފޮތުގައި ހިމަނާފައިވާނެއެވެ.
މިއިޢުލާނާއި ގުޅިގެން ތައްޔާރުކުރެވިފައިވާ ބީލަންފޮތް، ނަންނޯޓުކުރައްވާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓުގައި އީމެއިލް މެދުވެރިކޮށް ލިބިލައްވާނެއެވެ. ބީލަން ސެކިއުރިޓީގެ ގޮތުގައި ބީލަން ހުށަހަޅާއިރު -/500ރ (ފައްސަތޭކަ ރުފިޔާ) ހުށަހަޅަންވާނެއެވެ.
ނަންނޯޓު ކުރުން |
މަޢުލޫމާތު ސާފުކުރުން ޕްރީބިޑްމީޓިންގް |
ބީލަން ހުށަހެޅުމާއި، ހުޅުވުން |
06 އޮގަސްޓް އިން ފެށިގެން 19 އޮގަސްޓް 2019 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، |
ތާރީޚް: 19 އޮގަސްޓް 2019، ބުދަދުވަހުގެ 13:00 ގައި |
ތާރީޚް: 20 އޮގަސްޓް 2019، ވާ ދުވަހުގެ 13:00 ގައި |
05 ޛުލްޙިއްޖާ 1440
06 އޮގަސްޓް 2019