ދެންނެވުން
ނަންބަރު: (IUL)388-ADM/388/2019/43
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 12:56
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުހިނގަން އުނދަގޫވާގޮތައްހުރި ގަސްތައް ކޮށުމާއިގުޅޭ
މިވަގުތު ރަށު މަގުތަކުގައި ދުއްވާތަކެއްޗަށާއި މަގުހިނގާ މީހުންނައް ދަތިވާ ގޮތަށް ބައެއްފަރާތްތަކުން ގަސް އިންދައި ހައްދަމުންދާތީ މިގޮތުގެމަތީން އިންދާފައިވާ ގަސްތައް ނަގައި، ގޯތިތަކުގައި މަގަށްވާގޮތައް ހެއްދިފައިވާ ގަސްތަކުގެ އަފިތައް ބިމުން ފެށިގެން 10 ފޫޓް އުސްމިނަށް ކޮށުމަށްދަންނަވަމެވެ. މީގެއިތުރުން މަގުބައްތިތަކުގެ އަލި އެކަށީގެންވާ ގޮތުގައި މަގަށް ނުލިބޭގޮތައް ހުރިގަސްތަކުގެ ވެރިންވެސް ބައްތިތަކުގެ އަލި ރަނގަޅަށް މަގަށް ފޯރާނޭހެން ގަސްތައް ކޮށުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
06 އޮގަސްޓް 2019