ވަޒީފާގެ ފުރުޞަތު
ނަންބަރު: DS/IU/HR/2019/33
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 19 އޮގަސްޓް 2019 14:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ދަރުމަވަންތަ ސްކޫލް

މާލެ، ދިވެހިރާއްޖެ                               

 

ތާރީޚު: 05  އޮގަސްޓް 2019                                             ނަންބަރު: DS/IU/HR/2019/33   

 

 

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

  J- 132263

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް ( 4 މަސް ދުވަހަށް )

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމު އޮތް އޮފީސް :

ދަރުމަވަންތަ ސްކޫލް ( އޮފީސް(

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދަރުމަވަންތަ ސްކޫލް ، ކ. މާލެ

މުސާރަ:

މަހަކު -/ 4465 ރ

ސަރވިސް އެލަވަންސް:

މަހަކު -/1500ރ

 

އިތުރު ޢިނާޔަތްތައް:

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މުވައްޒަފުންގެ މުސާރަ ތައްޔާރުކޮށް ސެޕް މެދުވެރިކޮށް ފިނެންސަށް ފޮނުވުން.
  • ރިސޯސް ޓީޗަރުންގެ މުސާރަ ހެދުން
  • ކްރެޑިޓް ސްކީމްގައި ބައިވެރިވެފައިވާ މުވައްޒަފުންގެ މުސާރައިން އެބައި ކެނޑުމަށްފަހު އެފަރާތްތަކަށް އެފައިސާ ފޮނުވުން
  • މުވައްޒަފުންގެ ކޮންމެ މަހެއްގެ މުސާރައިން  ޕެންޝަން އުނިކުރުމަށް ފަހު ޕެންޝަން  އެކައުންޓަށް ބޭންކަށް ޖަމާކުރުން
  • އަލަށް  ވަޒީފާއަށް ހޮވޭ މުވައްޒަފުން  ޕެންޝަނަން އެންރޯލް ކުރުން އަދި ވަޒީފާއިން ވަކިވެގެންދާ  މުވައްޒަފުން ޕެންޝަނު ސްކީމުން ޓަރމިނޭޓް ކުރުން އަދި އެޖެސްޓްމަންޓްތައް ހެދުން
  • ބިދޭސީންގެ ކޮންޓްރެކްޓް ތައްޔާރުކޮށް ފޮނުވުން
  • ބިދޭސީ ޓީޗަރުންގެ ވިސާހެއްދުން
  • ބިދޭސީމުވައްޒަފުން ވަޒީފާ އިން ވަކިވެއްޖެނަމަ ކޮންޓްރެކްޓް އުވާލުން
  • ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ފޯނު ނަންބަރުތަކާއި އެކްސްޓެންޝަން ނަންބަރު އަޕްޑޭޓް ކުރުން
  • ބިޑް ކުރުމާބެހޭ ލިޔެކިއުންތައް ތައްޔާރުކުރުމުގައި އިސްވެއުޅުއްވުން
  • ބިޑް ކޮމެޓީއެއް އެކުލަވާލައި ކޮމެޓީގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން
  • ސްކޫލްގައި ކުރަންހުންނަ އެސްޓިމޭޓް މަސައްކަތުގެ އިއުލާން ގެޒެޓަށް ފޮނުވުން
  • އެސްޓިމޭޓް ހުށައަޅަން އަންނަ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުމާއި އެމީހުންގެ އެގްރިމެންޓް ތައްޔާރުކޮށް އެފަރާތްތަކާ ހަވާލުކުރުން
  • ކެޕިޓަލް އައިޓަމް ގަތުމަށް ބޭނުންވާ ހުއްދަ ހޯދުމަށް  އެޑިއުކޭޝަނަން ލިޔެ ހުއްދަ ހޯދައިގެން އެތަކެތި ގަތުން
  • ސްކޫލަށް ލިބޭ ފައިސާބަލައިގަނެ ދުވަހުން ދުވަހަށް ޖަމާކުރުން
  • ޕީ.އޯ ތައްޔާރުކޮށް ސްޓޮކުން ހުސްވާ ތަކެތި ފާހަގަކޮށް ސްކޫލަށް އެތަކެތި ގަތުން

 

 

މަޤާމުގެ ޝަރުޠުތައް:    

 

 

1-       ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމައެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

        

 

 

ހުށަހަޅަންޖެހޭ ލިޔުންތައް : 

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން   www.csc.gov.mvއަދި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ބައްލަވާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސަކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބާޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 19 ގެ 14:00 ގެ ކުރިން، ދަރުމަވަންތަ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3327005 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮގަސްޓް 20 އާއި 2019 އޮގަސްޓް 21 ދެމެދު، ދަރުމަވަންތަ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:        

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން  އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324495 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،3327005 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

                                      04 ޛުލްޙައްޖް 1440  

05 އޮގަސްޓް 2019

 

 

05 އޮގަސްޓް 2019