ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC-PRO/1/2019/54)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ ފަރާތުން 2020 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި، ރޯޑްޝޯތަކާއި އަދި އެހެނިހެން މާކެޓިންގ ހަރަކާތްތަކުގައި ބޭނުންކުރާނެ "މޯލްޑިވްސް ސަނީ ސައިޑް" ދަބަސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޯގަސްޓް 08ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޯގަސްޓް 22ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ޛުލްޙިއްޖާ 1440ހ.
04 އޯގަސްޓް 2019މ.