ދިވެހިރާއްޖެ
ނަންބަރ: MMS-A/2019/20
އިޢުލާން
އިމާރާތް މަރާމާތު ކުރުމާއި ކުލަ ލުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ބައެއް ޔުނިޓުތަކުގައި ކުލަ ކަހާ ކުލަލުމާއި ތަޅުމުގެ ތަށިމުށި ނައްޓާ ސިމެންތި ކޮށާ ތަޅުންގަނޑު އެއްވަރުކޮށް ތަށިމުށި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް MMS-A/2019/17 އިން ކުރެވުނު ފުތަމަ އިޢުލާއިނަށް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން ދެވަނަ ފަހަރަށް އަންދާސީ ހިސާބު ހުށައެޅުމަށް ދައުވަތު އަރުވަމެވެ.
މިކަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުން 2019 އޮގަސްޓު 08 ވަނަ ދުވަހުން 11:00 ގައި ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި އޮންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުން ފުޅުވާ ފަރާތްތަކުން 2019 އޮގަސްޓު 18 ވަނަ ދުވަހުގެ 10:00 ކުރިން މިސަރވިސްގެ އީމެއިލް [email protected] އަށް ފޮނުއްވުމުން ހަމައެދުވަހު 2:00 ގެ ކުރިން މިސަރވިސް އިން ޖަވާބު ފޮނުވާނެކަން ދަންނަވަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ޝީޓު މި އިއުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ.