ކުއްޔަށް ހިފުން
ނަންބަރު: GS57/2019/09
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި:
18 އޮގަސްޓް 2019 13:00
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޮލަންޓިއަރ ޓީޗަރ ހުންނެވުމަށް ކޮޓަރިއެއް ކުއްޔަށްހިފުމަށް
- މިސްކޫލުގެ ފިޒިކަލް އެޑިޔުކޭޝަންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޙަރަކާތްތެރިވާ ވޮލަންޓިއަރ ޓީޗަރ ހުންނެވުމަށް ކޮޓަރިއެއް ކުއްޔަށްހިފުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 އޮގަސްޓް 2019އިން 08 އޮގަސްޓް 2019އަށް ސަރުކާރު ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30އިން މެންދުރު 12:30އަށް ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 އޮގަސްޓް 2019ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޮގަސްޓް 2019ވާ ހޯމަ ދުވަހުގެ 11:00ގައި މިސްކޫލުގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 25 އޮގަސްޓް 2019ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލުގައެވެ.
- މި ބީލަމާއި ގުޅޭ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]
04 އޮގަސްޓް 2019