މަސައްކަތް
ނަންބަރު: L5MC-C/2019/06
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 19 އޮގަސްޓް 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްކުރުން

އިޢުލާން

ކޯޓުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްކުރުން.

މިކޯޓުގެ 02 ފާޚާނާ މަރާމާތުކުރުމާއި، ކޯޓު ގޯތީގެ ވަށައި އިންފާރުގައާއި ކޯޓު ޢިމާރާތުގައި ކުލައާއި ދަވާދުލުމާއި، ކޯޓު ޢިމާރާތުގެ ނަލަފިލާ ބަދަލުކުރުމާއި، ކޯޓު ޢިމާރާތުގެ ކަރަންޓް ވައިރާއި ސޮކެޓް ސްވިޗްތައް ބަދަލުކުރުމާއި އަދި ކޯޓު ގޯތީގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓު 2019 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޮގަސްޓު 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 18/2014ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

03 ޛުލްޙިއްޖާ 1440

04 އޮގަސްޓު 2019

04 އޮގަސްޓް 2019