މަސައްކަތް
ނަންބަރު: (IUL)417-CA/417/2019/61
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 19 އޮގަސްޓް 2019 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު؛

މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1-      މިރަށު ވަޑިންދިހަރޭ މައިޒާން (ޕާކުގެ) ގޮނޑިތައް ހަދައި ހަރުކޮށްދިނުމުގެ މަސައްކަތް

2-      ކުރީގެ ހުކުރު މިސްކިތް / އާޘާރީ މިސްކިތުގެ ބައެއް މަރާމާތު މަސައްކަތް

3-      ޤަބުރުސްތާނުގައި ލައިޓްޕޯސްޓެއް ހަދައި ހަރުކުރުމުގެ މަސައްކަތް

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2019 އޯގަސްޓް 08 ވަނަ ދުވަހުގެ 10:00 ގައި

2019 އޯގަސްޓް 19 ވަނަ ދުވަހުގެ 10:00 ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2019