ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު: WAMCO-LOG/IUL/2019/059
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންނުކުރާ ބައެއް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންނުރާ ތިރީގައި ބަޔާންކޮށްފައިވާ ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1.1. (Excavator (SK 330
1.2. (Excavator (SK 200
1.3. (Caterpillar Wheel Loader (914G
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
ތާރީޙު |
ގަޑި |
ތަން |
މައުލޫމާތު ދިނުން |
08 އޯގަސްޓް 2019 (ބުރާސްފަތި) |
10:00 |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް މީޓިންގ ރޫމް |
އަންދާސީ ހިސާބު ހުށަހެޅުން |
04 ސެޕްޓެމްބަރ 2019 (ބުދަ) |
13:00 |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް |
04 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ، ފެކްސް ނަންބަރު: 3000584
03 ޛުލްހިއްޖާ 1440
04 އޯގަސްޓް 2019