ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)284-A/284/2019/31
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1727
ސުންގަޑި: 18 އޮގަސްޓް 2019 1300
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

މަޤާމު:

މަސައްކަތު (މިސްކިތު)

މަޤާމުގެ ނަންބަރު:

J-310317

މަޤާމުގެ ނަންބަރު:

J-310318

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމު އަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގް ކޯއެލަވަންސް1:  -/1200 ރުފިޔާ

 

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލުން ކަނަޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތު އެތެރެ ކުނިކަހާ މޮއްޕުލުން

2. ކައުންސިލުން ކަނަޑައަޅާ ތާވަލަކާއި އެއްގޮތަށް ވުޟޫކުރާތަނާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން

3. ކައުންސިލުން ކަނަޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތު ގޯތިތެރެއާއި މިސްކިތާއި އިންވެގެންވާ މަގުފަޅިތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

4. ކައުންސިލުން ކަނަޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތުގެ ދޮރުތަކާއި ޖާލިތަކާއި ފެންލައިޓްތަކާއި ފަންކާތައް އަދި ދޮރުތަކާއި އެހެނިހެން ތަންތަނުގައިވާ ބިއްލޫރިތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން

5. ކަނޑައެޅިފައިވާ ވަގުތުތަކުގައި މިސްކިތުގެ ލައިޓުތައް ދިއްލާ ފަންކާތައް ޖައްސައި، ކަނޑައެޅިފައިވާ ވަގުތައް ނިއްވުން

6. ކައުންސިލުން ކަނަޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތު ވަޅުދިޔަ ހިއްކާ ސާފްކުރުން.

7. މިސްކިތު ގޯތިތެރޭގައިވާ ކޮށަންޖެހޭ ގަސްތައް ކޮށައި ކުނިތައް އުކުމާއި ފެންދީ ހައްދާ ބަލަހައްޓަންޖެހޭ ގަސްތައް ބެލެހެއްޓުން

8. މިސްކިތުގައި ކުރަންޖެހޭ ކުދިމަރާމާތުތައް ކުރުމަށް ބޭނުންވާ ސާމާނު ކައުންސިލުން ހޯދައި ކައުންސިލުން އަންގާ ގޮތެއްގެ މަތީން އެމަރާމާތުތައްކުރުން

9. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަޞޭހަތް ދިނުމާއި މިބާވަތުގެ އެހެނިހެން ކަންކަމާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން

10. ފަރުޟު ފަސްނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

11. މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

 

 

  1. ލިޔަން ކިޔަން އެނގުން

 

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު: (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %26

2. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ: %26

3. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަވިއު/ ޕްރެޓިކަލްސް) %48

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމު ށ.މިލަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޯގަސްޓް 18 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދިވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6540064 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ލިޔަންކިޔަން އިގޭތޯ ބަލާ އިމްތިހާނުން ފާސްވާ ފަރާތްތަކަށެވެ. މިއިމްތިހާނު  އޮންނާނީ 2019 އޯގަސްޓް 19 ވާ ހޯމަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި މަޤާމުގެ އިންޓަރވިއު ކުރިއަށްދާނީ 2019 އޯގަސްޓް 20 ވަނަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި އިންޓަރވިއުކުރެވޭ ފަރާތްތަކަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް އޮންނާނީ 2019 އޯގަސްޓް 21 އަދި 22 ވަނަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %35 (ތިރީސްފަސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540063 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540064 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                        29 K  1440

                        01 އޯގަސްޓް 2019

2019-08-01