ދިވެހިރާއްޖެ
އިޢުލާން
މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި މި އޮތޯރިޓީން ކަނޑައަޅާ ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށް ހަމަޖައްސައިފީމެވެ.
ވީމާ، "ޓެކްސީ ގަވާއިދު" (ގަވާއިދު ނަންބަރު 2013/R-1475) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު، ގަވާއިދު ނަންބަރު 2016/R-102 ގެ 9 ވަނަ މާއްދާގެ "ޅ" ގައި ބަޔާންކޮށްފައިވާ ގޮތަށް ތިރީގައި ބާޔާންކޮށްފައިވާ 3 މޯބައިލް އެޕްލިކޭޝަންގެ ތެރެއިން މޯބައިލް އެޕްލިކޭޝަނެއް 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްގެން އޮޕަރޭޓް ކުރާ ހުރިހާ ޓެކްސީއެއްގައި ބޭނުންކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަންތައް
- އަވަސް ރައިޑު
- ޕިކްމީ
- އެއައީ
28 ޛުލްގައިދާ 1440
31 ޖުލައި 2019