ދިވެހިރާއްޖެ
އިޢުލާން
ޕިކަޕް ގަރާޖު ގުދަނަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރުމާއި ގުޅޭ:
ކުރިން މި ކައުންސިލުން ބޭނުންކުރި ޕިކަޕު ގަރާޖް މަރާމާތުކޮށް ގުދަނަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/42 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އޯގަސްޓް 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.