ދިވެހިރާއްޖެ
އދ.އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީއަށް ބައެއް އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 4 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.