ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ކައުންސިލް އިދާރާއާއި މަސްޖިދުލް ތަޢާލުފްގައި ކުރަން ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
ރ. އަނގޮޅިތީމު ކައުންސިލް އިދާރާއާއި މިރަށު މަސްޖިދުލް ތަޢާލުފްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ކައުންސިލް އިދާރާގައި ކުރަން ހުރި މަސައްކަތް
v ފާހާނާގެ ތަޅުން މުއްޓާއި ފާހާނާ ސެޓް ބަދަލުކުރުން
v ކައުންސިލް އިދާރާގެ އަސްކަނި ސީލިންގެ ކޮޅުފިލާގެ ހަލާކުވެފައިވާތަން މަރާމާތުކުރުން
v ކައުންސިލް އިދާރާގެ ދެ ކޮޅުގައި 02 ލައިޓް ހަރުކުރުން
v ދިދަ ދަނޑި ބުޑުގައި ގްރައުންޑް ވޯޓާރ ޕްރޫފް ލައިޓް ހަރުކުރުން.
v ކައުންސިލް އިދާރާގެ ތެރޭގައި ފައިލް ރެކެއް ހަދައި ހަރުކުރުން
މަސްޖިދުލް ތަޢާލުފްގެ މަސައްކަތް
v ހިޓާޗީ ބްރޭންޑްގެ ފެން ޕަންޕެއް ގަނެ ހަރުކުރުން
v ލޯޑް ސްޕީކަރަކާއި މައިކް ސްޓޭންޑެއް ގަނެ ފޯރުކޮށްދިނުން.
v ޕިން މައިކެއް ގަނެ ފޯރުކޮށްދިނުން.
v ފާހާނާ ސެޓް ބަދަލުކުރުން.
v ޕޭމަންޓް ގާ އަތުރާފައިވާ ތަނުގެ ކައިރިފަށަށް ސިމެންތި އެޅުން
v ހަތިމް ބަހައްޓާ ސެލްފެއް ހަދައި ހަރުކުރުން
v ހަލާކުވެފައިވާ 05 ފެން އިސްކުރު ބަދަލުކުރުން
v 05 ކުޑަ ދޮރުފަތުގެ ތަންޑު ބަދަލުކުރުން
v ގުދަނުގެ ދޮރުފަތުގެ ތަޅު ބަދަލުކުރުން.
v ވަޅުގެ މަތިގަނޑު ބަދަލުކުރުން
v ފުރާޅު އިސްކުރުތައް ބަދަލުކުރުން
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2019 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 13.15ށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 01 އޮގަސްޓް 2019 އިން ފެށިގެން ބަންދު ނޫން ކޮށްމެ ދުވަހެއްގެ 8.30 ން 13.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/20ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:15 ގައެވެ.
މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓިއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު %85
- މަސައްކަތުގެ މުއްދަތު
- ތަޖްރިބާ %5
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.