ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2019/43
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 19 އޮގަސްޓް 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށްޓަކާ ކުލީ ބިން ދޫކުރުމާ ބެހޭ:

އިޢުލާން

ތެލުގެ ވިޔަފާރި ކުރުމަށްޓަކާ ކުލީ ބިން ދޫކުރުމާ ބެހޭ:

ނަޑެއްލާ އިރު ދެކުނު ފަރާތުގައި ތެލުގެ ވިޔަފާރި ކުރުމަށް ޚާއްސަކޮށްގެން ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ 2,000 އަކަފޫޓްގެ 2 ބިމުން 1,000 އަކަފޫޓްގެ 1 ބިން ދޫކޮށް، އެ ބިމާއި އިންކޮށް ދެކުނަށް ބާކީ އޮތް 1,000 އަކަފޫޓްގެ 1 ބިން  10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418-AS/418/2019/37 (10 ޖުލައި 2019) އިޢުލާނާއި ގުޅިގެން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތުތައް ހިމެނިފައިނުވާތީ، އެ އިޢުލާނާއި އިޢުލާނާއި ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލް ބާޠިލުކޮށް މަތީގައިވާ ގޮތުގެމަތިން ތެލުގެ ވިޔަފާރި ކުރުމަށްޓަކާ ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

މި ކައުންސިލްގެ ނަންބަރު:NC-418/2016/03 (19 ޖަނަވަރީ 2016) ނިންމުމުގައިވާ ގޮތުގެ މަތިން، މި ބިން ކުއްޔަށް ދޫކުރެވޭ އަގަކީ މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް 0.45 ( ސާޅީސް ފަސް ލާރި ) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.

  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
  2. ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
  3. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.
  4. ބިން ޙަވާލުކުރާތާ 3 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ ގޮތުން ރަށަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކުގެ ޕްލޭން.

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

29 ޛުލްޤަޢިދާ 1440      

01 އޮގަސްޓް 2019

01 އޮގަސްޓް 2019