ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިކުންފުނިން ޝާއިޢުކުރި ނަންބަރު: IUL)KACL-KDO/2019/01) އިޢުލާން ބާޠިލް ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 05 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު، 2019 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނުވަތަ 6800704 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
29 ޛުލްޤައިދާ 1440
01 އޮގަސްޓް 2019
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected] ނުވަތަ [email protected]