ދެންނެވުން
ނަންބަރު: (IUL)308/2019/26
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 11:57
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިގުޅޭ

އިޢުލާން 

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިގުޅޭ

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު ނަމްބަރު 2016/R-6 (31 ޖަނަވަރީ 2016) ގެ 12 ވަނަ މާއްދާގެ ދަށުން ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުތަކާއި ފައްތިޔާތަކުގައި އަޅައިގެން ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި ހަމަ މިޤަވާޢިދުގެ 20 ވަނަ މާއްދާގެ "ރ" ގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރަޖިސްޓްރީ ނުކޮށް ދުއްވިކަން ސާބިތުވެއްޖެނަމަ އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އެ އުޅަނދަށް ޒިންމާވާ ފަރާތް -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މިރަށަކީ ކަނޑު އުޅަނދު ފަހަރު އިންތިހާއަށް ގިނަ ރަށެކެވެ. އަދި ފަހަކަށް އައިސް ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުފަހަރު ގިނަވެފައިވާކަން ކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، މިރަށުގެ ބަނދަރުތަކާއި ފައްތިޔާތަކުގައި އަޅައިގެން ބޭނުންކުރާ އެންމެހާ ކަނޑު އުޅަނދުފަހަރު، ވީ އެންމެ އަވަހަށް ރަޖިސްޓްރީ ކުރުމަށް ކަނޑު އުޅަނދު ފަހަރުގެ ވެރިންނަށް އަންގައި އިޢުލާނު ކުރަމެވެ. އަދި ރަޖިސްޓްރީ ނުކޮށް ދުއްވާ ކަނޑު އުޅަނދުފަހަރުގެ ކަންތައްތައް ކުރިއަށް އޮތްތާގައި ބަލަމުންދާނެ ވާހަކަވެސް އުޅަނދު ފަހަރުގެ ވެރިންނަށް އަންގަމެވެ.

01 އޮގަސްޓް 2019