މަސައްކަތް
ނަންބަރު: GS79/IULAAN/2019/33
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި:
19 އޮގަސްޓް 2019 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުން
- މި ސްކޫލްގެ ހުޅަނގުފަރާތުގެ ވަށާފާރު ރޭނުމާއި މެއިން ގޭޓް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޯގަސްޓް 4 އިން 2019 އޯގަސްޓް 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓް 18 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮގަސްޓް 19 ވާ އަންގާރަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ ސްކޫލް
އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
ފޯން: 6500096 7
އީ-މެއިލް: [email protected]
29 ޛުލްޤަޢިދާ 1440
01 އޮގަސްޓް 2019