ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-PPIRS/438/2013/75
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 19:25
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހިމާޔަތްކޮށްފައިވާ ސ.ހިތަދޫ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަހައްދަށް ކުނި އަޅައި އަކިރި ނަގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުން

ޤާނޫނު ނަމްބަރު 4/93  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން 7 ޑިސެމްބަރ 2004 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ސ.ހިތަދޫ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަހައްދަށް ވަރަށް ގިނަ ފަރާތްތަކުން ވެހިކަލް ތަކުގައި ވަދެ ކުނިއަޅަމުންދާ ކަމުގެ ޝަކުވާއާއި އަދި އެސަރަހައްދުން ވެއްޔާއި އަކިރި ނަގާކަމުގެ ޝަކުވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ދަނީ ލިބެމުންނެވެ. އެނގިވަޑައިގަންނަވާނެފަދައިން މިސަރަހައްދު ޙިމާޔަތްކުރުމަށްފަހު މިސަރަހައްދަށް ކުނިއެޅުމާއި، ރުއްގަސްކެނޑުމާއި، ބޮލިހިލުމާއި، ވެއްޔާއި އަކިރި ނެގުމާއި އަދި ޕިކަޕާއި ލޯރިފަދަ ވެހިކަލް މިސަރަހައްދައް ވެއްދުން ވަނީ މަނާކޮށްފައެވެ.

ވީމާ، މިސަރަހައްދުގައި ކުރުން މަނާކޮށްފައިވާ ކަންތައްތައް ކުރާ ފަރާތްތަކާއި އަދި މިސަރަހައްދަށް ކުނިއަޅާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރު 4/93  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދު ނަމްބަރު2011/R-9  (ތިމާވެށްްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

15 ޖުމާދަލްއާޚިރާ 1434

25 އޭޕްރިލް 2013