ދިވެހިރާއްޖެ
ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު |
ފެކަލްޓީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ. |
|
ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި، މާލެ އަދި ބައެއް ރަށްތަކުގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. |
||
މާއްދާ: |
1. އާރޓް އެޑިޔުކޭޝަން I (ART205) / ހދ.ކުޅުދުއްފުށި 2. ފިޒިކަލް އެޑިޔުކޭޝަން I(PHE201) / ހދ.ކުޅުދުއްފުށި 3. މޫވްމެންޓް އެޑިޔުކޭޝަން (CST347) / ހދ.ކުޅުދުއްފުށި 4. ސޯޝަލް ސައިންސް II(SOC301) / ގދ.ތިނަދޫ، ރ.ދުވާފަރު، ޏ.ފުވައްމުލައް 5. ޓީޗިންގ އެންޑް ލާރނިންގ ކޮމާރސް އެންޑް ބިޒްނަސް ސްޓަޑީޒް II(CST341) / ކ.މާލެ 6. ކަލްކިޔުލަސް II(MAT211) / ކ.މާލެ 7. އިންޓްރޮޑަކްޝަން ޓު އަލްޖެބްރާ އެންޑް އެނޭލިސިސް (MAT303) / ކ.މާލެ 8. އެސެންޝިއަލް މެތަމެޓިކްސް (MAT113) / ކ.މާލެ 9. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ (EST101) / ކ.މާލެ 10. އިންޓްރޮޑަކްޝަން ޓު ކަރިކިޔުލަމް ސްޓަޑީޒް (CST101) / ކ.މާލެ 11. ޕްރެކްޓިކަމް II ފޮރ ޕްރައިމަރީ (PRM239) / ޅ.ނައިފަރު |
|
ޝަރުތު: |
މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. |
|
އުޖޫރަ: |
300-400ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. |
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308 ފޯނާ ގުޅުއްވުން އެދެމެވެ. |
|
ސުންގަޑި: 2019 އޮގަސްޓް 4 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. ނޯޓް: މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ސިޓީއާއެކު އިތުރު މަޢުލޫމާތު ހުށަނޭޅުއްވިޔަސް އެޕްލިކޭޝަން ޤަބޫލުކުރެވޭނެއެވެ. |