ޢާންމު މަޢުލޫމާތު
ނަންބަރު: 116-F3/IL/2019/57
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 07 އޮގަސްޓް 2019 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭ 2020 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭ 2020 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) 2020 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދީ އެޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ބޭނުންވާ އިންޝުއަރެންސްތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް"، "އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ އިންޝުއަރެންސް" އަދި "ޓެރަރިޒަމް އިންޝުއަރެންސް"އެވެ.

 މިކަމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ "އިންޓަނޭޝަނަލް އިންޝްއަރެންސް ފާރމްސް" ނުވަތަ "އިންޓަނޭޝަނަލް ރިއިންޝްއަރެންސް ފާރމްސް"ތަކުގައި އެންމެ ދައްވެގެން "އެސްއެންޑްޕީ BBB" ކްރެޑިޓް ރޭޓިންއެއް ހުންނަންވާނެއެވެ.

 މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 އޮގަސްޓު 7 ވާ ބުދަދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

 ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޮގަސްޓު 29 ވާ ބުރާސްފަތިދުވަހުގެ މެންދުރު 15:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮގަސްޓު 29 ވާ ބުރާސްފަތިދުވަހުގެ މެންދުރު 15:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

31 ޖުލައި 2019