ދިވެހިރާއްޖެ
އިޢުލާން
މި އަހަރު މާލެސިޓީގައި އަޟްޙާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހިލޭ ސާބަހަށް ކޮށްދިނުން:
މި އަހަރު ( 1440 ވަނަ އަހަރު ) އަޟްޙާޢީދު ނަމާދު ބޮޑުޖަމާޢަތުގައި މާލެސިޓީގެ މާލެ،ހުޅުމާލެ،އަދި ވިލިމާލޭގައި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ، އެތަންތަނުގައި ޢީދުނަމާދު ކުރުން އިންތިޒާމް ކުރުމަށް ތިރީގައި މިދަންނަވާ ކަންކަމުގެ ތެރެއިން އެއްވެސްކަމެއް މި މިނިސްޓްރީއާއި ގުޅިގެން ހިލޭސާބަހަށް ކޮށްދޭން ބޭނުންވާ ފަރާތެއްވާނަމަ އެކަމެއް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
- ހުށަހެޅުމުގެ ސުންގަޑި : 04 އޯގަސްޓް 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެކުރިން.
- ހުށަހެޅުއްވުން މެއިލް ކުރައްވާނީ [email protected] މެއިލްއަށް.
01 |
ސައުންޑް ހަމަޖައްސައިދިނުން |
02 |
ބޯފެން ހަމަޖައްސައިދިނުން |
03 |
ޢީދު ނަމާދަށް ތައްޔާރު ކުރާ ތަން ތައްޔާރު ކޮށްދިނުން |
04 |
ތަކެތި އުފުލުމަށް ބޭނުންވާ އެއްގަމު އުޅަނދު ހަމަޖައްސައި ދިނުން |
05 |
މަސައްކަތްކުރާ މީހުންނަށް ކެއުމާއި ސައި ހަމަޖައްސައި ދިނުން |
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.