ދިވެހިރާއްޖެ
ނަންބަރ : IUL) MMPRC-PRO/1/2019/53)
އިޢުލާން
2019 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ " މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2020" ތައްޔާރުކޮށް މި ކޯޕަރޭޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 އޯގަސްޓް 06ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޯގަސްޓް 22ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑާއިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޛުލްޤަޢިދާ 1440ހ.
31 ޖުލައި 2019މ.