ދިވެހިރާއްޖެ
ފޮނަދޫ މަގުހަދާ ޔުނިޓާއި، ޗައިނާ ސައިޓްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 25/IUL)240-CA/240/2019) ( 04 ޖުލައި 2019 ) އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތަށް ބަދަލު ގެންނަންޖެހޭތީ އެއިއުލާން ބާޠިލް ކުރުމަށްފަހު ފޮނަދޫ މަގުހަދާ ޔުނިޓްގެ ސެކިއުރިޓީ 01 އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 04 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 08 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.