ވަޒީފާގެ ފުރުޞަތު
ނަންބަރު: C3-SM/IUL/2019/01
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 18 އޮގަސްޓް 2019 13:30
ށ. ގޮއިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

`

 

 

 

ށ. ގޮއިދޫ ޞިއްޙީމަރުކަޒު

  ށ.ގޮއިދޫ، ދިވެހިރާއްޖެ                                          

 

 

 

C3-SM/IUL/2019/01. ނަންބަރު:

 

 

އިޢުލާނު

މަޤާމް:

ރިސިޕްޝަނިސްޓް

މަޤާމުގެ ނަންބަރު:

J-275698

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3 ( ޖެނެރަލް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. ގޮއިދޫ ސިއްހީމަރުކަޒު

މުސާރަ:

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) 

ސަޕޯރޓިންގ ކޯރއެލަވަންސް2:

-/700 ރުފިޔާ  (ހަތްސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

1-   ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ފެންޝަން ކޮންޓްރިބިއުޝަން.

2-   ސިވިލް ސާރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ އާއި ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ބޭނުންވަނީކޮން ޚިދުމަތެއްތޯބަލާ އެޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ނުވަތަ އެކަމެއް އެވަގުތެއްގައި ނުވާފަދަ ހާލަތެއްގައި އެކަމެއް ރަނގަޅަށް އޮޅުން ފިލުވައިދިނުން
  2. ޞިއްޙީ މަރުކަޒަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރު ދޫކުރުން.
  3. އެކިއެކިބޭނުންތަކުގައި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރީތިބަހުން ހިތްހެޔޮކަމާއި އެކު ވާހަކަދައްކާ ބޭނުންވާ ޚިދުމަތްތައް ފަހިކޮށް ދިނުން.
  4. ބަލިމީހާގެ އެންމެހާ ވާހަކަތަކަށް އަމާނާތްތެރިވެ އެވާހަކަތަކަކީ އަމިއްލަ ސިއްރެއްގެ ގޮތުގައިދެކި އިތުބާރު ހިފެހެއްޓުން.
  5. ރިސެޕްޝަންކައުންޓަރުގައި ބޭނުންކުރެވޭ އެންމެހާ ތަކެއްޗާއި ލިޔެކިއުންތައް ބެލެހެއްޓުން.

 

 

  1. އޯޕީޑީ ސަރަޙައްދާއި ކޮންސަލްޓޭޝަން ރޫމްގެ ސާފުތާހިރުކަން ބެލެހެއްޓުން
  2. ޞިއްޙީ މަރުކަޒުންދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭފަދަ ޚިދުމަތެއް ދޭންޖެހޭފަދަ ޙާލަތެއްގައި، އެޚިދުމަތަކީ ޞިއްޙީ މަރުކަޒުން ދެވެންހުރި ޚިދުމަތެއްތޯ ބަލާ ޔަޤީންކުރުމަށްފަހު (އަގުލިސްޓްބަލާ ރަނގަޅަށް ހިސާބުކޮށް ފައިސާނަގަންޖެހޭވަރު ރަނގަޅަށް ޔަޤީންކުރުމަށްފަހު) އަގުނެގުން
  3. ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް (ރަސީދުގައިވާ އެންމެހާ މަޢުލޫމާތު ރަނަގަޅަށް ފުރިހަމަކޮށް ) ފައިސާގެ ރަސީދުހަދާ ޙަވާލުކުރުން
  4. ލިބޭފައިސާގެ ދުވަހު ފޮތް ކޮންމެ ދުވަހަކުވެސް ގަވާއިދުން އަޕްޑޭޓްކޮށް ފައިސާ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނާއި ހަވާލުކުރުން.
  5. އާސަންދަ ޚިދުމަތްދެވޭ ފަރާތްތަކުގެ މަޢުލޫމާތުތައް ފުރިހަމަކޮށް ދުވަހުން ދުވަހަށް ޓްރާންސެކްޝަންސް އަދި ބިލްހެދުމާއި ކޮންމެ މީލާދީމަހެއް ނިމުމުން އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނަށް ބިލްތައް ޙަވާލުކުރުން. 
  6. އެހެނިހެން އިންޝްއަރެންސް ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ ގޮތަށް ޚިދުމަތްދިނުމާއި އެފަރާތަކަށް ކަނޑައެޅިފައިވާ އުޞޫލަކުން ދުވަހުން ދުވަހަށް ބިލްހަދާ ފޮނުވަންޖެހޭ ބިލްތައް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަނަށް  ހަވާލުކުރުން.
  7. ޞިއްޙީ މަރުކަޒަށް އަންނަ ފޯންކޯލްތަކަށް ރިވެތިބަހުން ޖަވާބުދާރީވުން 
  8. އިމަޖެންސީ ބަލިމީހަކު ގެންނަނަމަ،ބަލިމީހައާބެހޭ މައުލޫމާތު އޮޅުންފިލުވައި ނަރުހުންނަށް އެންގުމާއި ބަލިމީހާ ރިސީވްކުރުމަށް ކުރަންޖެހޭ ތައްޔާރީތަށް ކުރުވުން.
  9. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ޓޯޓަލް ހަދާ ރިޕޯރޓް ހަދާފަރާތްތަކާއި ހަވާލުކުރުން.
  10. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުން އަންގަވާ ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް  ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ށ. ގޮއިދޫ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • 1-  ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • 2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • 3-  ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 81 އޮގަސްޓް 2019 ގެ 13:30 ގެ ކުރިން، ށ.ގޮއިދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6540615 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 18 އޮގަސްޓް 2019 އާއި 15 ސެޕްޓެމްބަރ 2019 އާ ދެމެދު، ށ. ގޮއިދޫ ޞިއްހީމަރުކަޒުގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ،  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540615 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6540615 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

 

28 ޛުލްޤަޢިދާ 1440

31 ޖުލައި 2019