މަސައްކަތް
ނަންބަރު: 145-SP/2019/27
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 08 އޮގަސްޓް 2019 11:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓުގެ ޢިމާރާތުން ކަތުރުފަނި ނައްތާލުމަށް ބޭނުންވެއްޖެ

ކްރިމިނަލް ކޯޓުގެ ޢިމާރާތުން ކަތުރުފަނި ނައްތާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (145SP/2019/26 (08.07.2019 އިޢުލާނާ ގުޅިގެން 2019 ޖުލައި 18 ވަނަ ދުވަހު ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގައިވާ އަގުތައް، އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ ކްރިމިނަލް ކޯޓު ޢިމާރާތުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޯގަސްޓް 01 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޯގަސްޓް 08 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775608 ނަންބަރާ ގުޅުއްވުން އެދެމެވެ.

30 ޖުލައި 2019