މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
- ޙަވާލުކުރެވޭ މާއްދާ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ތާރީޚްތަކުގައި ކެމްޕަސްތަކަށާއި އޯ.އާރ.ސީ ތަކަށް ދަތުރުކުރުން.
- ކިޔަވައިދޭ ފިލާވަޅުތައް ފެކަލްޓީއިން ހަމަޖައްސާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
- ކިޔަވާދޭން ބޭނުންވާ މެޓީރިއަލްތައް ތައްޔާރުކުރުމަށް ދިވެހިން ތަރުޖަމާ ކުރަން ޖެހިއްޖެ ހާލަތެއްގައި ތަރުޖަމާ ކުރުން.
- މާއްދާ ކޯޑިނޭޓްކުރުން.
- މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ޕޯޓަލް އަށް އަޕްލޯޑުކުރުން.
- އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ޙަވާލުކުރުން.
- ދަރިވަރުންގެ ޓީޗިންގ ޕްރެކްޓިސް އޮބްޒާރވް ކުރުމާއި އެސެސްކުރުން، މެންޓަރކުރުން އަދި މިކަމާގުޅޭ އެހެނިހެން ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
- ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން.
- މާއްދާ ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
- ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކުގައި ހަފްތާއަކު 20 ގަޑިއިރު ހޭދަކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
- ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުން.
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 އޮގަސްޓު 06 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-1.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345405 ނަމްބަރު ފޯނަށެވެ.
|