ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-PRO/INDIV/2019/34
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 08 އޮގަސްޓް 2019 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތުގެ ސަކުވާއެއްވޭތޯ ބެލުން

     މިރަށުގައި ފުޓްސަލް ދަނޑު ގާއިމްކުރުމުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

     ވީމާ، މިހާރު ފުޓްސަލް ދަނޑު ހަދަމުންދާ ސަރަހައްދުގެ ހުޅަނގުފަރާތާއި ދެކުނުކޮޅުގައި މިއިދާރާއިން 1 ން 31 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގެ ވެރިފަރާތާމެދު އެއްވެސް ސަކުވާއެއްވާނަމަ އެކަން 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ލިޔުމުން އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ސަކުވާއެއް ހުށަނާޅާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތާމެދު ސަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

30 ޖުލައި 2019