މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/41
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 19 އޮގަސްޓް 2019 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ލެކްރެޑް ސްޓޭޖް 2 ގެ ދަށުން މިރަށުގައި ގާއިމްކުރަމުންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ނުނިމިހުރި މަސައްކަތްތައް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 07 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓީން ރޫމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑިން ފެށިގެން އަންދާސީހިސާބު ހުށަހަޅާ ދުވަހާއި ހަމައަށް މިއިދާރާގެ ކައުންޓަރުން މަޢުލޫމާތު ޝީޓު ލިބެން ހުންނާނެއެވެ. މިއިޢުލާނަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މިއިޢުލާނަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9631881 ފޯނާ ގުޅުއްވުން އެދެމެވެ.

30 ޖުލައި 2019